
މެމްބަރު އާމިރު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ
މެމްބަރު އާމިރު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ
ލިޔުން:
ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އާއްމުވެފައިވާ ވީޑިއޯގައި އާމިރު ސައިކަލް މަތީގައި އިންނަވަނިކޮށް ޓްރެފިކް ދެ ފުލުހުން އައިސް ގަދަކަމުން އޭނާގެ ދެއަތް ފުރަގަހަށް ގެންދަން މަސައްކަތްކުރާ ތަން ފެނެއެވެ.
އަދި އެ ވީޑިއޯގައި އާމިރު، "އަނިޔާ ނުކުރާށޭ" ބުނާ އަޑު ވެސް އިވެއެވެ. ސައިކަލު މަތިން އާމިރު ބާލައިގެން ގެންދާ ތަން ވެސް އެ ވީޑިއޯއިން ފެނިގެންދިޔައެވެ.
https://twitter.com/MvCrisis/status/1683654857964785664?s=20
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާމިރު ހައްޔަރުކުރަން މަސައްކަތްކުރީ އޭނާގެ އަތުގައި ލައިސަންސް ކާޑު ނެތި ދުއްވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރުމަށްފަހު ގަޑިއެއްހާއިރު ފަހުން އާމިރު ދޫކޮށްލި ނަމަވެސް ނުރައްކާތެރިކޮށް ސައިކަލު ދުއްވިކަމުގެ ތުހުމަތުގައި އާމިރުގެ ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އާމިރަކީ ސަރުކާރާ އެކީ މި ފަހަރު އަލަށް ކޯލިޝަން ހެދި ޕާޓީ، އެމްޑީއޭ އަށް ނިސްބަތްބާ މެމްބަރެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
