މީހުންނަށް ގެއްލުންވާ ގޮތަށް ރީސައިކަލް ކުރުުމުގެ މަސައްކަތްކުރާ މައްސަލަ ބޮޑުވެއްޖެ

މީހުންނަށް ގެއްލުންވާ ގޮތަށް ރީސައިކަލް ކުރުުމުގެ މަސައްކަތްކުރާ މައްސަލަ ބޮޑުވެއްޖެ
ލިޔުން:
އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުން ފަދަ މަސައްކަތްތައް މާލޭގައި، މީހުންނަށް އުނދަގުލާއި ގެއްލުންތައް ލިބޭ ގޮތަށް ކުރާކަމުގެ ޝަކުވާ އިތުރުވެ، އެކަން ހަމައަކަށް އަޅުވަން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާކަމާއި، ސިއްހީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބެމުން އަންނަ ކަމަށެވެ. އެފަދަ މަސައްކަތްތަކަކީ ކުނި މެނޭޖްކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ތަންފީޒީ އިދާރާއިން ހުއްދަ ހޯދައިގެން ކުރަން ޖެހޭ މަަސައްކަތްތަކެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
[embed]https://twitter.com/EPAMaldives/status/1634784288586473473?s=20[/embed]
"...އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތަކެއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަންވެސް މި އެޖެންސީއިން ފާހަގަކުރަމެވެ. މީގެ އިތުރުން، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި، އެ ސަރަޙައްދުގައި ހިނގާބިގާވެ އުޅޭ މީހުންގެ ސިއްޙަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެއެވެ. އެފަދަ މަސައްކަތްތަކީ ކުނީގެ މިންވަރު މަދުކުރުމަށް ކުރެވޭ ކަމަކަށް ވީނަމަވެސް އެމަސައްކަތްތައް ކުރަންވާނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަށް ފަހުގައެވެ،" އީޕީއޭގެ އިއުލާނުގައި ބުންޏެވެ.
އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެކަމަށް ހުއްދަ ނަގަން، އީޕީއޭއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މަސައްކަތްތައް ކުރުމުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް މިހާރުން ފެށިގެން އަޅަން ވެސް އެ އިއުލާނުގައި ގޮވައިލި އެވެ.
"...އިންސާނުންގެ ސިއްޙަތާއި، އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވުމާއެކު އެފަދަ މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މި އެޖެންސީއަށް ދެއްވުމަށް އެދި ދަންނަވަމެވެ،" އީޕީއޭގެ އިއުލާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
