މާލެ: 31°C
މީހުން ހޯދުމާއި، ފަރުވާ ހޯދަންޖެހޭ ހާއްސަ ހާލަތްތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ފަށަނީ

މީހުން ހޯދުމާއި، ފަރުވާ ހޯދަންޖެހޭ ހާއްސަ ހާލަތްތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ފަށަނީ

January 28, 2024
3 ފަހަރު ބަލާފައި
މީހުން ހޯދުމާއި، ފަރުވާ ހޯދަންޖެހޭ ހާއްސަ ހާލަތްތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ފަށަނީ
ރެސްކިއު އޮޕަރޭޝަންތަކުގައި ގެއްލޭ މީހުން ހޯދުމާއި ސިއްހީ ހާއްސަ ހާލަތްތަކުގައި މީހުން އުފުލަންޖެހޭ ހާލަތްތަކުގައި ހެލިކޮޕްޓަރު ބޭނުންކުރަން ނިންމާފައިވާކަމަށް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ބައެއް ނިންމުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޓްރާންސްޕޯޓުން ހުސަހެޅި ކަރުދާހަކާ ގުޅިގެން މީހުން ހޯދުމާއި، ފަރުވާ ހޯދަންޖެހޭ ހާއްސަ ހާލަތްތަކުގައި ހެލިކޮޕްޓަރު ބޭނުންކުރުމަށް ނިންމައި އެކަމާ ގުޅޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފައިވާކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކުރުން ކަމަށާއި، އެކަން ކުރުމަށް ހުއްދަ ދޭނީ 5 އަހަރާއި 10 އަހަރުދުވަހުގެ މުއްދަތަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ހިދުމަތް ފެށުމުގެ ކުރިން ބޭރުގެ ތަޖުރިބާކާރެއްގެ އެހީ ހޯދުމަށް ނިންމާފައިވާއިރު، ހެލިކޮޕްޓަރު ދުއްވުމަށް ދޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ރާއްޖޭގައި ވަރަށް ކުރިންވެސް ހެލިކޮޕްޓަރު ދުއްވުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާއިރު، މިފަހުން އެކަން ކުރިއަށްގެންދިޔައީ އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކުގައެވެ. އިންޑިއާގެ އެހީތެރިކަމާއެކު 2010 ވަނަ އަހަރު ފެށި ހެލިކޮޕްޓަރު ހިދުމަތުގައި އެތައް ފަހަރެއްގެ މަތިން ހާލުސީރިއަސްވެގެން އަތޮޅުގެ ރަށްތަކުގެ ބަލިމީހުން މާލެ ގެނެސްފައިވާއިރު، 13 އަހަރުވީއިރު އޮޕަރޭޝަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ