
މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ނެގި 1.6 މިލިއަން ރުފިޔާ ހޯދައިފި
މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ނެގި 1.6 މިލިއަން ރުފިޔާ ހޯދައިފި
ލިޔުން:
މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ފޭރުނު 1.8 މިލިއަން ރުފިޔާގެ މައްސަލައެއް ބަލައި، އޭގެ ތެރެއިން 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
މި މައްސަލަ ބެލިބެލުމުން ހަތަރު މީހަކަށް ތުހުމަތު ކުރެވުނުއިރު، އޭގެ ތެރޭގައި 16 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ. އަބްދުﷲ ވިދާޅުވީ މި މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ކުޑަކުއްޖާ ނޫން އަނެއް ތިން މީހުން ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލާގައި ދެން ހިމެނެނީ 24 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން އަންހެނެކެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ފެށިތާ 24 ގަޑިއިރުގެ ތެރޭގައި އެކައުންޓުން ފޭރުނު ފައިސާގެ ތެރެއިން 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަމަށެވެ. ފައިސާ ފޭރުމަށްފަހު އެމީހުން ވަނީ 2 ލައްކަ ރުފިޔާގެ ތަކެތިވެސް ގަނެފައެވެ. އެކައުންޓުން ފޭރުނު ފައިސާ ތިން މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ޢަބްދުﷲ ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ކަންތައް ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާއިރު، އޮޅުވާލުމުގެ ސްކީމުތަކުން ފައިސާ ހޯދުމުގެ ކަންކަން ހިންގަނީ ހަމައެކަނި ޖަލުތެރެއިން ނޫން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
