މާލެ: 31°C
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ރައީސް ގޮވާލައްވައިފި

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ރައީސް ގޮވާލައްވައިފި

May 6, 2024
3 ފަހަރު ބަލާފައި
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، ފަޟީހަތްކޮށް ނުހެދުމަށް ރައީސް ގޮވާލައްވައިފި
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަގްސަދެއްގައި ވީޑިޔޯކޮށް އާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަހްލާގީ ގޮތުންނާއި އިޖްތިމާޢއީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރު ކޮޅުގައި މީހެއްގެ ޕިކަޕެއް ޖެހުމާއި ގުޅިގެން، އެފަހުން ހިނގައިދިޔަ ބައެއް ކަންތައްތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ރައީސް ވިދާޅުވީ ކުށެއް ކޮށްފި މީހަކާއި މެދު ކަންކުރާނޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ގާނޫނީ ނިޒާމު ގާއިމްވެފައިވާ ކަމަށެވެ. "ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ގާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވިއެވެ. https://twitter.com/MMuizzu/status/1787365144944955890 މި އެކްސިޑެންޓް ހިނގީ އުމުރުން ދުވަސްވީ މީހަކު ދުއްވި ޕިކަޕަކުން ޖެހިގެންނެވެ. އެ ވީޑިއޯއިން ފެނިގެންދަނީ އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އިމްރާން މަސައްކަތް ކުރެއްވުމުން އެހެން އެކަން ނުކުރެއްވުމަށް އެދި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) އެ މައްސަލަ ހައްލުކުރުމަށް ދެފަރާތާއި ވާހަކަ ދައްކާ މަންޒަރެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅަން އިމްރާން މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަން ހައްލު ކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ވަނީ ޕިކަޕު ދުއްވި މީހާއަށް މާފުކޮށް ދެއްވުމަށް އެދި މާފުކޮށް ނުދެއްވާނަމަ ކާރަށް ލިބުުނު ގެއްލުމަށް އޭނާ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޕިކަޕު ދުއްވި މީހާއަށް މާފު ކުރުމަށް އޭނާ އިމްރާން ކައިރީގައި އެދުނުއިރު، އިމްރާން އެކަމާއި ވަކި އެއްޗެއް ނުބުނުމުން ގިނަ ބައެއްގެ ނުރުހުން އިމްރާނަށް ވަނީ ލިބިފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެފަދަ މަންޒަރު ވީޑިއޯކޮށް އާންމު ކުރުމަކީ ވެސް މީހުންގެ އަގު ވައްޓާލުން ކަމަށް ބުނެ، އިންތިހާބީ މެންބަރު އިންމުއަށް ވެސް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ