- ސްޕެޝަލިސްޓް އޮޕަރޭޝަންސްތަކުގައި ފުލުހުން ބައިވެރިވާ ހާލަތްތައް އަލުން ކަނޑައަޅައި ސީދާ ސީޕީގެ ހުއްދަ ހޯދައިގެން އޮޕަރޭޝަނިގައި ބައިވެރިވުން
- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އަލުން މުރާޖައާކޮށް މިހާރުހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.
- ޢިޔާސުއްދީން ސްކޫލުގައި ފުލުހުން ހިންގި އޮޕަރޭޝަން ފުލުހުން ޑިޕްލޮއި ކުރިގޮތް ހޯދައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ތަހުގީގުކޮށް އެއްވެސް ފަރާތަކުން ފިޔަވަޅު އަޅާފައިވާނަމަ، އެކަންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން
- އޮޕަރޭޝަންތަކުގައި މީޑިއާއަށް މައުލޫމާތުދެމުންދާ އުސޫލު މުރާޖައާކޮށް މިހާރަށްވުރެ ދެފުށް ފެންނަ އަދި ތަފްސީލީ ގޮތެއްގައި މައުލޫމާތު ދިނުން
- ޢިޔާސުއްދީން ސްކޫލުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ބާރުގެ ބޭނުންކޮށްފައިވާ ގޮތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

މީގެފަހުން އެސްއޯ ފުލުހުން ފޮނުވޭނީ ސީދާ، ސީޕީގެ ހުއްދަ ލިބިގެން
މީގެފަހުން އެސްއޯ ފުލުހުން ފޮނުވޭނީ ސީދާ، ސީޕީގެ ހުއްދަ ލިބިގެން
ލިޔުން:
ފުލުހުންގެ އޮޕަރޭޝަންތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ފޮނުވާ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް މިގޮތަށް އަންގަވާފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފައްދަން ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއެޅުމަށް އެސްއޯ ފުލުހުން ފޮނުވި މައްސަލައިގެ ރިޕޯޓް މުރާޖައާކުރުމަށްފަހުގައެވެ. ރިޕޯޓްގައިވާ ކަންތައްތަކަށް ބެއްލެވުމަށްފަހު ރައީސް ވަނީ، ފުލުހުންގެ އޮޕަރޭޝަންތަކަށް އެސްއޯ ފުލުހުން ފޮނުވަން ސީދާ ކޮމިޝަނަރ އޮފް ޕޮލިސްގެ ހުއްދަ ހޯދަންޖެހޭގޮތަށް ބަދަލުކުރެއްވުމަށް އަމުރު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޕޯޓަށްފަހު އެމަނިކުފާނު ވަނީ ބައެއް ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުއްވުމަށް އަންގަވާފައެވެ. މިގޮތުން އެޅުމަށް އެންގެވި ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ:
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
