
މީގެފަހުން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ބޭރުކުރެވޭނީ ކިތާބީ ހެކި ދައްކައިގެން: ކަސްޓަމްސް
މީގެފަހުން ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ބޭރުކުރެވޭނީ ކިތާބީ ހެކި ދައްކައިގެން: ކަސްޓަމްސް
ލިޔުން:
ރާއްޖެއިން ބޭރަށް ފުރާއިރު، ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން ނަގުދު ފައިސާ ގެންދާ ނަމަ، މީގެފަހުން ކިތާބީ ހެކި ދައްކަން ޖެހޭނޭކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ދާހިލީ ހިދުމަތްތަކާ ބެހޭ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވީ ރާއްޖެއިން ބޭރުކުރާ ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ވަރުގަދަ އުސޫލީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން މީގެފަހުން ރާއްޖެއިން ފުރާއިރު، 10.000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ގެންދާނަމަ، އެއީ ކޮންތާކުން ހޯދި ފައިސާއެއްކަން ޔަގީންކޮށްދިނުމުން ނޫނީ ދެން ނުގެންދެވޭނޭކަމަށް މިނިސްޓަރު ވިދާޅުވިއވެެ.
އިހްސާން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސްގެ ކޭޝް ޑިކްލަރޭޝަން ޤަވާއިދު ހަރުދަނާކޮށްފައިވާ ކަމަށާއި، މިހާރު އޮންނަ ގޮތުން އެހާގިނަ ފައިސާ ރާއްޖެއިްނ ބޭރުކުރާނަމަ ސާބިތުކޮށްދިނުމުން ނޫނީ ފައިސާ ނުގެންދެވޭނޭ ކަމަށެވެ. މި ޤަވާއިދު އިސްލާހުކުރުމުގެ ކުރިން ބިދޭސީން ވަރަށް ފަސޭހައިން ނަގުދު ފައިސާ ބޭރުކުރަމުންދިޔަކަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އިބްރާހިމް މަފާޒު ވިދާޅުވީ، ކޭޝް ޑިކްލަރޭޝަން ޤަވާއިދު ކުރިން އޮންނަ ގޮތުން މާބޮޑު ފިޔަވަޅެއް ނޭޅޭކަމަށެވެ. ނަމަވެސް މިހާރު ޤަވާއިދަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ގަވައިދާ ހިލާފްވާ ފަރާތްތަކަށް އަވަހަށް އިދާރީ ފިޔަވަޅުއެޅި، ގާނޫނީ ބާރު ލިބިގެންދިއުމާއި ޖިނާއީ ތަހްގީގްތައް ހިންގުމަށް އަވަސްވެ ފަސޭހަވެގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިން ގަވައިދާ ހިލާފްވާ ފަރާތްތަކާމެދު އެޅޭނޭ ފިޔަވަޅެއް ނޯވޭ. ޖޫރިމަނާވެސް ނުކުރެވޭ.އެޅޭހާވެސް ފިޔަވަޅަކީ ޖިނާއީ ތަހުގީގެއް ކުރުމަށްފަހު ޕީޖީ މެދުވެރިކޮށް ކޯޓަށް ހުށަހެޅުން" މަފާޒު ވިދާޅުވިއެވެ.
މީގެ ކުރިން ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތައް އެންމެފަހުން ގިނަވެގެންގޮސް، މައްސަލަތައް ދިގުލައިގެންގޮސް މައްސަލަތައް ސާބިތުކުރަން އޮންނަ މިންގަނޑުން ސާބިތުނުވެ އެންމެފަހުން މުޅި މައްސަލަ ފެއިލްވެގެންދާކަންވެސް ކަސްޓަމްސްއިން ފާހަގަކުރެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޮޑެތި އަދަދުތަކުން ޑޮލަރު ބޭރުކުރާ މައްސަލައަކީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މި މައްސަލަ ހައްލުކުރުމަށް މިހާތަނަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
