މާލެ: 31°C

އައްޑޫ މީދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

އައްޑޫ މީދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި
June 7, 2023
2 ފަހަރު ބަލާފައި
އައްޑޫ މީދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި
މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒް އިން އައްޑޫ ސިޓީ މީދޫގައި އައު  މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ޖާގައިގެ މި އިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމަންޓްއާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސް ވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން ސޮއި ކުރެއްވީ، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.  ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖަރ ސާލިހެވެ. މި ރަސްމިއްޔާތުގައި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއްކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ. މި އެއްބަސް ވުމާ ގުޅިގެން މެންބަރު ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް ޢިމާރާތްކުރާ މިއީ ފުރަތަމަ ފަހަރުކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރ ސާލިހު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަށް ހަވާލުވާ މަސައްކަތެއް ނިންމުމަށްކަމަށެވެ. އެހެންކަމުން މި މަސައްކަތްވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް ސާލިހު ވިދާޅުވިއެވެ. މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ އަގަށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް ހަވާލި ކޮށްފައިވާ މަޝްރޫއެކެވެ. މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ