މާލެ: 31°C

މީޑިއާތަކުގެ ދަފުތަރު މަސް ދުވަހުގެ ތެރޭގައި އެކުލަވައިލަނީ

މީޑިއާތަކުގެ ދަފުތަރު މަސް ދުވަހުގެ ތެރޭގައި އެކުލަވައިލަނީ
March 28, 2023
2 ފަހަރު ބަލާފައި
މީޑިއާތަކުގެ ދަފުތަރު މަސް ދުވަހުގެ ތެރޭގައި އެކުލަވައިލަނީ
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްމަޖައްލާތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތައް ހިމެނޭހެން ދިވެހި މީޑިއާގެ ދަފުތަރެއް އެއް މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާއްމުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ. ސަރުކާރުގެ ގެޒެޓްގައި އެމްްއެމްސީން މިއަދު އާއްމުކުރި އުސޫލުގައިވާ ގޮތުން ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ އާއްމު މައުލޫމާތާއި ނޫސްމަޖައްލާތައް ނެރުމަށް ހަމަޖެހިފައިވާ ގޮތް އެ އުސޫލުގެ ދަށުން އެކުލަވައިލާ ދަފުތަރުގައި އޮންނާނެ އެވެ. ރަޖިސްޓްރީކުރި ނަމަވެސް ނުހިންގާ މީޑިއާތައް އެއީ ނުހިންގާ މީޑިއާތައް ކަން ވެސް އެ ސޫލުގައިވާ ގޮތުން، މީޑިއާގެ ދަތުރަކުގައި އެގެން އޮންނާނެ އެވެ. "ދިވެހި މީޑިއާގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލު"ގެ ނަމުގައި ޝާއިއުކުރި އެ އުސޫލުގައިވާ ގޮތުން، އެމްއެމްސީން އެކުލަވައިލާ ދަފުތަރު، އެ ކައުންސިލްގެ ވެބްސައިޓުގައި އާއްމުކޮށް ފެންނާނެހެން ބަހައްޓަން ޖެހޭނެ އެވެ. އަދި އެ ދަފުތަރު ކޮންމެ ތިން މަހަކުން އަދާހަމަކުރަމުން ގެންދަން ޖެހޭނެ އެވެ. އެ އުސޫލުގައިވާ ގޮތުން، އެމްއެމްސީން މީޑިއާތަކުގެ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަން ޖެހެނީ އެއީ ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ބެލެނިވެރިފަރާތް ކަމަށް ވާތީ އެވެ. މީޑިއާތަކުގެ ދަފުތަރެއް އެކުލަވައިލެވިފައި ނުވާތީ މީޑިއާތަކާ ގުޅޭ އެކިއެކި މައްސަަލަތައް ބެލުމާއި މީޑިއާތަކާ ގުޅޭ މަސައްކަތްތައް ކުރަން މީޑިއާ ކައުންަސިލަށް ދަތިތައް ކުރިމަތިވި ކަމަށާއި އާ އުސޫލާ އެއްގޮތަށް ދަފުތަރު އެކުލަވައިލުމުން އެކަން ހައްލުވާނެ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ