
މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރަން ނިންމައިފި
މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރަން ނިންމައިފި
ލިޔުން:
ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ނިންމުމާއި އަދި ރައްޔިތުންނަށް މުހިންމު އިތުރު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މި ނިންމެވުންތައް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި މި ކަންކަމާ ގުޅޭ ވުޒާރާތަކުން ހުށަހެޅުއްވި ކަރުދާސްތަކުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އެހެން ކަމުން މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސް ނިންމެވިއެވެ.
މީޑިއާ ވިލެޖްގެ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ސަރުކާރުގެ އެހެން ކުންފުންޏަކާ ހަވާލުކޮށްގެން އެކަން ކުރެވޭނެގޮތް ބެލުމަށާއި އަދި އެގޮތަށް އެކަން ނުކުރެވޭނަމަ ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން މި އިމާރާތް އެޅުމަށް ގޮތެއް ހޯދުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެ ޖަލްސާގައި ނިންމެވި ކަންތައްތަކުގެ ތެރޭގައި:
ދިރާސީ އާ އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލު ކުރެއްވުމަށާއި، ސްކޫލްތަކުގެ އަހަރީ ބޮޑު ޗުއްޓީ ޑިސެންބަރުމަހަށް ބަދަލުކުރެއްވުން
މިކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާހްތަކާއެކު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކަން ހާސިލުކުރެވޭގޮތަށް ބަދަލުތައް ގެނައުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެންބަރުމަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށިގެންދާ ގޮތަށް މިބަދަލުތައް ގެންނަވާފައިވެއެވެ. މި ބަދަލުތައް ގެނައުމުން، ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް އަދި ޑިސެންބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ލިބޭގޮތަށް ބަދަލުވެގެންދާނެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުންސިންގ ކެޓަގަރީއެއް ކަނޑައެޅުއްވުން
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި ނިންމެވުންތަކުގެ ތެރޭގައި، ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ އަރބަން ސެންޓަރުތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ހާއްސަ ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ، އެ މަޝްރޫއުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށް، އެ ސަރަހައްދެއްގައި އެ މުވައްޒަފުންނަށް ހައުސިންގ ފުރުސަތު ލިބޭނެގޮތް ހަމަޖެއްސެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ނިންމެވިއެވެ.
ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ހިދުމަތް ފޯރު ކޮށްދިނުމަށް ހާއްސަ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރުމަށް ނިންމެވުން:
މިނިސްޓްރީ އޮފް ހެލްތުން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ނިންމަވާފައިވަނީ މިކަމަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. ވަށާޖެހޭ ހައްލެއް ގެނައުމުގެ ގޮތުން މި ހެލްޕްލައިނަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގާއުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރަށް، ސަލާމަތީ ހުރިހާ ހިދުމަތްތަކެއް އެއް ނަންބަރަކުން ލިބިދޭ ގޮތަށް ކަނޑައެޅުމާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ގުޅޭނެ ހެލްޕް ލައިނެއްގެ ގޮތުގައި ބައްޓަންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަލުން ވަޒީރުންގެ މަޖީލީހަށް ހުށަހެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
