މާލެ: 31°C

"މީޑިއާގެ މިނިވަންކަން ގެންލިގެން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް": އީވާ

"މީޑިއާގެ މިނިވަންކަން ގެންލިގެން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް": އީވާ
May 29, 2023
2 ފަހަރު ބަލާފައި
"މީޑިއާގެ މިނިވަންކަން ގެންލިގެން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް": އީވާ
މީޑިއާގެ މިނިވަންކަން ގެއްލިގެން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރާއީސް، ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދަޅުވެއްޖެ އެވެ. މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، މީޑިއާގެ މިނިވަންކަމަކީ 2018 ވަނަ އަހަރު ލިބުނު ޑިމޮކްރެސީގެ އަސާސްތަކުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ. އެކަން ފަހަތައް ދާތަން ބަލަން ނުހުރެވޭނެ ކަމަށް އީވާ ވިދާޅުވިއެވެ. އީވާ މިވާހަކަ ދައްކަވާފައިވަނީ ޗެނަލް 13 އިން ލަވައިގެ ޒަރިއްޔާއިން ރައީސް ސޯލިހް އާ ގުޅުވައިގެން ފާޅުކުރި ހިޔާލެއް ފާޅުނުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިންޒާރުދިނުން ކުށްވެރިކުރައްވާފަ އެވެ. އޭގެ އިތުރުން ޕީއެސްއެމް އިން މަޖްލިސް ލައިވްކުރުން ހުއްޓާލަން އުޅުނު ކަން ވެސް އީވާ ވަނީ ކުއްވެރިކުރައްވާފައެެވެ. މީޑިއާ އަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ އިންތިހާބަށް އަސަރު ކުރާނީ ހަމައެކަނި ވޯޓުން ނޫންކަމަށެވެ. ޗެނަލް 13 އަށް ބްރޯޑްކޮމް އިން އިންޒާރުދިން މިމައްސަލަ މަޖީލުން ބޭރުކުރި ނަމަވެސް އެ ކަމާ ގުޅިގެން ގިނަ މެމްބަރުންގެ އިތުރުން ރައީސް ނަޝީދު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ނަޝީދު، ވަނަންތަކެއް ވިދާޅުވަމުން، ވިދާޅުވީ ކުރީގެ ހުރިހާ ރަޢީސުންނަށް ވަނަމުން ކިޔާފައިވާ ކަމަށާ އެހެން ކަމުން ރައީސް ސޯލިހަށް ނިސްބަތްކޮށް އެފަދަ އެއްޗެއް ބުނުމަކީ މައްސަލައެއްނޫންކަމުގައެވެ. އަދި އެކަމާ ފިޔަވަޅު އަޅާނަމަ އެއީ ޑިމޮކްރެސީއާ ހިލާފުކަމެއްކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ