މާލެ: 31°C

މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމަވައިފި

January 26, 2025
209 ފަހަރު ބަލާފައި
މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމަވައިފި
ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އިންޓަނެޓާއި މީޑިއާތައް އެއް މިންގަނޑެއްގައި ރެގިއުލޭޓް ކުރުން ކަމަށެވެ.

މަޖިލީހުގެ ފެށު ދައުރަށް ބިލު ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެ ބިލު ހުށަހަޅަނީ ސޯޝަލް މިޑީއާ ޕްލެޓްފޯމް (އެކްސް، ޓިކޮޓޮކް، އިންސްޓަގްރާމް) ވެސް ރެގިއުލޭޓް ކުރެވޭ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލު ތައްޔާރުކުރަނީ މީޑިއާތަކާއި ސަރުކާރާއި އެހެނިހެން ފަރާތްތަކުގެ އިތުރުން ގުޅުންހުރި ހުރިހާ ފަރާތްތަކުގެ މަސްލަހަތާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ.

މީޑިއާތަކާ ބެހޭ ބިލެއް ހުށަހަޅުއްވަން ނާޒިމް ނިންމެވިއިރު، މީގެކުރިން ވެސް މީޑިއާތަކާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެހެންނަމަވެސް އެކަމުގައި އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން މެންބަރު ވަނީ ބިލު އަނބުރާ ގެންގޮސްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ