
މެދު ރާއްޖެތެރެއިން ފެށިގެން ދެކުނަށް ހުދު އެލާޓް ނެރެފި
މެދު ރާއްޖެތެރެއިން ފެށިގެން ދެކުނަށް ހުދު އެލާޓް ނެރެފި
ލިޔުން:
މޫސުން ގޯސްވުމާއި ގުޅިގެން މެދު ރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅު ތަކަށް ހުދު އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) އެ އެލާޓް ނެރެފައިވަނީ ފ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދަށެވެ. އަދި އެއީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.
[embed]https://twitter.com/MetMaldives/status/1653244787716399104?s=20[/embed]
މެޓް އޮފީހުން ބުނެފައިވަނީ އެލާޓްގައިވާ ގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ދުވަސްވަރަކަށްވުމުން، މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
