މާލެ: 31°C

އިތުރު 22 މީހަކަށް ހިމަބހިޖެހި ޖުމްލަ އަދަދު 166 އަށް އަރައިފި

July 22, 2026
56 ފަހަރު ބަލާފައި
އިތުރު 22 މީހަކަށް ހިމަބހިޖެހި ޖުމްލަ އަދަދު 166 އަށް އަރައިފި
އިތުރު 22 މީހަކަށް ހިމަބހިޖެހި ޖުމްލަ އަދަދު 166 އަށް އަރައިފި

ވތިވެދިޔަ ހަފްތާގައި އިތުރު 22 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިއްސަށށް ޕޮޒިޓީވްވީ މީހުންގެ އަދަދު 166 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ހިމަބިހީގެ ފުރަތަމަ ކޭސް ފެނުނުފަހުން ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން އަންނަނީ އަލަށް އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތަފާސްހިސާބު އާންމުކުރަމުންނެވެ.

އެގޮތުން އެޗްޕީއޭ އިން މިއަދު ބުނީ މިދިޔަ ހަފްތާގައި ހިމަބިހި ޖެހިފައިވާ 22 މީހަކު މާލޭ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮސްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ހިމަބިހީގެ ކޭސްތަށް ރިޕޯޓްކޮށްފައިވަނީވެސް މުޅިންވެސް މާލެ ސަރަހައްދުންނެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ވަނީ ފަށާފައެވެ. އެގޮތުން އެޕްރޮގްރާމުގެ ދަށުން މިހާތަނަށް 9،918 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބަލިޖެހުމުގެ ފުރުސަތު %97 ކުޑަވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ. 

މީގެ އިތުރުން ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވި ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ