މާލެ: 31°C

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ޓިކެޓު ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބާއްވަން އެދި ކޯޓަށް!

February 15, 2023
2 ފަހަރު ބަލާފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ޓިކެޓު ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބާއްވަން އެދި ކޯޓަށް!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ޓިކެޓު ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބާއްވަން އެދި ކޯޓަށް!

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހާމިދު އަބްދުލްޣަފޫރެވެ. މި މައްސަލައިގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ރައީސް ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު އެވެ. [caption id="attachment_81018" align="aligncenter" width="1024"] ސިވިލް ކޯޓަށް މައްސަލަ ހުށައެޅުއްވި ހާމިދު އަބްދުލް ގަފޫރު: މީގެކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބިޑިއަޅުވާފަ: ފޮޓޯ ޕޮލިސް[/caption] ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ 61 އިންސައްތަ ވޯޓް ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ނިމުނުތާ 2 ދުވަސް ފަހުން ރައީސް ނަޝީދު ވަނީ ބަލި ގަބޫލުކުރައްވާފައެވެ. ނަމަވެސް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ޕާޓީ ތެރޭގައި އިދިކޮޅު ހަރަކާތެއް ފެއްޓެވިއެވެ.

އެމްޑީޕީން ތައްޔާރުވަމުން އަންނަނީ އަންނަ ހުކުރު ދުވަހު ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ