މާލެ: 31°C

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފި

December 26, 2022
2 ފަހަރު ބަލާފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް 5 މެމްބަރުންގެ ކޮމެޓީއެއް ނަގައިފިއެވެ. ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ފަސް މެމްބަރުންގެ ނަން ހުށަހެޅުއްވީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް އެވެ. އެ ނަންތަކަށް ތާއީދު ކުރެއްވީ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެއެވެ.

އެމްޑީޕީ ޕްރައިމަރީ އަށް ނެގި 5 މެމްބަރުން:

  • އިބްރާހިމް ވަހީދު - ޑެޕިއުޓީ ޗެއާޕާސަން
  • އަނަސް އަބްދުއްސައްތާރު - އެމްޑީޕީގެ ތަރުޖަމާނު
  • އަކްރަމް ކަމާލުއްދީން - މަތިއުތުރު ޕްރޮވިންސްގެ ރައީސް
  • އަހުމަދު އަބްދުﷲ އަފީފް - އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ ކުރީގެ މުގައްރިރު
  • މުހައްމަދު އީމާން - ކެނދިކުޅުދޫ ދާއިރާގެ ރައީސް.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ