މާލެ: 31°C

އެމްޑީޕީ ރިއާސީ ޕްރައިމަރީގައި ބަހައްޓާނީ 243 ވޯޓުފޮށި

January 17, 2023
2 ފަހަރު ބަލާފައި
އެމްޑީޕީ ރިއާސީ ޕްރައިމަރީގައި ބަހައްޓާނީ 243 ވޯޓުފޮށި
އެމްޑީޕީ ރިއާސީ ޕްރައިމަރީގައި ބަހައްޓާނީ 243 ވޯޓުފޮށި
މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިއާސީ ޕްރައިމަރީގައި ވޯޓުލާން 243 ވޯޓުފޮށި ބަހައްޓާނެ ކަމަށް އެޕާޓީން ބުނެފި އެވެ. އެމްޑީޕީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާން މާލެ ސަރަހައްދުގައި ބަހައްޓާނީ 49 ވޯޓު ފޮއްޓެވެ. އަދި އެހެން ރަށްތަކުގައި 194 ވޯޓޫ ފޮށި ބަހައްޓާނެ ކަމަށް ވެސް އެއިއުލާނުގައި ބުންޏެވެ. މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓުފޮށިތައް ހުންނާނީ އެމްޑީޕީން ބުނި ގޮތުގައި ސީއެޗްއެސްސީ، އަމީނިއްޔާ ސްކޫލް، އެމްއެންޔޫ، އިސްކަންދަރު ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، މާފަންނު މަދަރުސާ، ތާޖުއްދީން ސްކޫލް އަދި އިއްޒުއްދީން ސްކޫލް، ރެހެންދި ސްކޫލް، ކަލާފާނު ސްކޫލް އަދި ވިލިމާލޭ މުހިއްދީން ސްކޫލްގައެވެ. އެހެން ރަށްރަށުގައި ބަހައްޓާ ވޯޓުފޮށިތައް ހުންނާނީ އެރަށްރަށުގެ ސްކޫލްގަ އެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު މިމަހުގެ ތިން ވަނަދުވަހު އެޕާޓީން ވަނީ އާއްމުކޮށްފަ އެވެ. އެލިސްޓުގައި ވާ ގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު އޮތް 57،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުން އޮންނާނީ މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ