ކުޅުދުއްފުށި ދެކުނު ދާއިރާއިން ރައީސް ސޯލިހަށް 217 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 95 ވޯޓެވެ. ނަޝީދަށް ވަފާތެރި މެމްބަރެއް ކަމަށްވާ ހަސަން އަފީފުގެ ދާއިރާ ގައި ހިމެނޭ ތ. ވިލުފުށިން އެމަނިކުފާނަށް 46 ވޯޓު ލިބިވަޑައިގެންނެވި އިރު އެރަށުން ވެސް ރައީސް ސޯލިހަށް 74 ވޯޓު ލިބިވަޑައިގެންނެވި އެވެ.
ޅ.ކުރެންދޫން ސޯލިހަށް 127 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 59 ވޯޓެވެ. ދ. ކުޑަހުވަދޫން ރައީސަށް 209 ވޯޓު ލިބިވަޑައިގެންނެވި އިރު ނަޝީދަށް ލިބިވަޑައިގެންނެވީ 135 ވޯޓެވެ.
އެމްޑީޕީގެ ޕުރައިމަރީގެ ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގެ ފަހުންނެވެ.
މިއަދުގެ އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއީ ރާއްޖޭގައި ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 243 ވޯޓު ވަނީ ބަހައްޓައިފަ އެވެ. އެއީ މާލޭގައި ބަހައްޓާ 49 ވޯޓު ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 194 ވޯޓު ފޮއްޓެވެ.







