މާލެ: 31°C

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކޮށްފި

February 4, 2025
6110 ފަހަރު ބަލާފައި
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އޮތް އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ނާޒިލް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ބައްދަލު ކުރެއްވީ އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާ ލިބިފައިވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި އިތުރު އެހެން ކަމަކާ މަޝްވަރާކުރައްވާފައިނުވާކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ބަރާސްފަތި ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން ހުސަހަޅަށް ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާއިރު މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ވަކިކުރުމުގެ ވާހަކަތަކެއްވެސް ވަނީ ދެކެވެން ފަށާފައެވެ. އަދި މަޖިލިސް ރައީސް ގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރ ކަމުން ވަކިކުރުމުގެ އިތުރުން މަޖިލސް ރައީސް އަބްދުއްރަހީމް އާއި ގުޅުންހުރި ބައެއް ފަރާތަށް ސިޔާސީ މަޤާމުތަކުންނާއި ކުންފުނި ތަކުގެ އިސް މަޤާމްތަކުން ވަނީ ވަކިކުރަން ފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ