
އެމް.ޑީ.ޕީ މެންބަރުން މަދަމާ ނިންމާނީ ފިކުރު ދިރުވަންތޯ؟ ނުވަތަ ޕާޓީ މަގުމަތިނުވެ ވެރިކަމުގައި ދެމިއޮންނަންތޯ؟
އެމް.ޑީ.ޕީ މެންބަރުން މަދަމާ ނިންމާނީ ފިކުރު ދިރުވަންތޯ؟ ނުވަތަ ޕާޓީ މަގުމަތިނުވެ ވެރިކަމުގައި ދެމިއޮންނަންތޯ؟
ލިޔުން:
ރިޔާސީ އިންތިހާބު ނުލިބުނަސް ވަރިހަމަ ވާވަރުގެ ނިންމުމެއް އެމް.ޑީ.ޕީ މެންބަރުން ނިންމަފާނެހެއްޔެވެ. މާދަމާ އަކީ ފިސާރި ވަރުގަދަ ދުވަހެކެވެ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އަކީ ހުރިހާ ގޮތަކުންވެސް އެހެނިހެން ޕާޓީ ތަކާ ތަފާތު ޕާޓީއެކެވެ. އެ ޕާޓީ އަކީ އެތެރޭގެ ހިޔާލުތަފާތުވުންތައް ގިނަ، އަދި ގިނަ ހިޔާލާއިވިސްނުމުގެ ތެރެއިން ހިޔާލު އެއްގޮތްކުރަންދަންނަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަ ޕާޓީއެކެވެ. އެ ޕާޓީގެ ތާރީހުގައިވެސް އެއްމެ ބޮޑަށް ހިޔާލު ތަފާތުވި އެޕާޓީގެ އެތެރޭގެ ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓް ދޭނެ މީހެއްގެ މައްސަލައެވެ. މާދަމާއަކީ ފޯރިގަދަ ވާދަވެރި ކެމްޕެއިންއަކަށްފަހު މެންބަރުން ގޮތްނިންމާ ދުވަހެވެ. ކެނޑިޑޭޓް ނަންބަރ 1 ރައީސް ނަޝީދު ވިދާޅުވަނީ އެމް.ޑީ.ޕީ ގެ ފިކުރު ދިރުވުމަށް އެމަނިކްފާނަށް ވޯޓް ދެއްވުމަށެވެ. ކެނޑިޑޭޓް ނަންބަރ 2 ރައީސް އިބްރާހިން މުހައްމަދު ސާލިހް ވިދާޅުވަނީ އެއް.ޑީ.ޕީ މަގުމަތިނުވެ ވެރިކަމުގައި ދެމިއޮތުމަށް އެމަނިކުފާނަށް ވޯޓް ދެއްވުމަށެވެ. އެހެންކަމުން މި ގޮތުންކުރެ އެމް.ޑީ.ޕީ މެންބަރުން ހިޔާރުކުރާނީ ކޮންގޮތެއްތޯ ބެލުމަށް މުޅި ދިވެހި ރާއްޖެއާއި ދުނިޔޭގެ ލީޑަރުން މާދަމާގެ ވޯޓްގެ ނަތީޖާއަށް އިންތިޒާރުކުރާނެކަން ކަށަވަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
