
އެމްޑީޕީ މައި ހަރުގެ ހުސްކުރަން އަންގައިފި
އެމްޑީޕީ މައި ހަރުގެ ހުސްކުރަން އަންގައިފި
ލިޔުން:
މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.
އެމްޑީޕީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގޭގެ ވެރިފަރާތުން ވަނީ މިދިޔަ މަހު ސިޓީއެއް ފޮނުވައި، ހަރުގެ ހުސްކުރުމަށް އަންގާފައެވެ. އަދި ހަރުގެ ހުސްކުރަން އަންގާފައިވަނީ އެ ބިމުގައި އިމާރާތެއް ކުރަން ކަމަށް ވެސް މައުލޫމަތު ލިބިފައިވެއެވެ.
އަދި އެ ހަރުގެ އެހެން ތަނަކަށް ބަދަލުކުރުމަށް ބިމެއް ހޯދުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުން ކަމަށާއި މިހާތަނަށް ބިމެއް ލިބިފައި ނުވާ ކަމަށް އެ ޕާތީން މީޑިއާތަކަށް މައުޅޫމާތު ދެއެވެ.
މައުލޫމާތި ލިބިފައިވާ ގޮތުގަ، އެ ހަރުގެ ހަދާފައި ވަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއްގެ ބިމެއްގަ އެވެ. އޭނާ މަސައްކަތް ކުރަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެބަސްވުމުގައި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގައެވެ.
އެމްޑީޕީގެ މައި ހަރުގެ ހިންގަން ދިން އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. ނަމަވެސް އެ ތަން ހުސްކުރަން ވެރިފަރާތުން އެންގީ ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބު ނިމުމަށްފަހުގައިކަމަށް ވެސް އެޕާޓިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
