އެމްޑީޕީގެ ކުރީގެ ކައުންސިލަރު އައިމަން ޖޭޕީއާ ގުޅިއްޖެ

އެމްޑީޕީގެ ކުރީގެ ކައުންސިލަރު އައިމަން ޖޭޕީއާ ގުޅިއްޖެ
ލިޔުން:
އެމްޑީޕީގެ ސްލޮޓްގައި މާލެ ސިޓީ ކައުންސިލު މެމްބަރުކަން ކުރެއްވި އައިމަން އިސްމާއިލް އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާއި ގުޅިއްޖެއެވެ.
އައިމަން އަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި 2011 އިން 2014 އަށް އެޕާޓީގެ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާގެ މާލެ ސިޓީ ކައުންސިލްގެ މެމްބަރުކަން ވެސް ވަނީ އަދާކޮށްފައެވެ.
[embed]https://twitter.com/ahmed_nihan/status/1647883302714613762?s=20[/embed]
ފަަހަކަށް އައިސް ޖުމްހޫރީ ޕާޓީއާއި ގުޅޭ މެމްބަރުން އިތުރުވަމުން އަންނައިރު، އައިމަން ވަނީ ޖޭޕީއާއި ގުޅުމަށްފަހު ފޯމު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި ހަވާލުކޮށްފައެވެ. އެޕާޓީން ދަނީ ވެރިކަމަށް ކުރިމަތިލާނެކަން އިއުލާންކުރި ހިސާބުން އެޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވަނީ މިއަހަރުގެ ރިޔާސީ އިންތިލާބަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ނިންމާފައެވެ. އެގޮތުން އިންތިހާބަށް ވަމުންދާ ތައްޔާރީގެ އެންމެ މުހިންމު އެއްމަސައްކަތަކީ 87 އިދާރީ ދާއިރާއަށް ރައީސުން ހޮވަން ނިންމި ނިންމުމެވެ.
ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
