
އެމްޑީޕީން އިޚުތިޔާރުކުރީ 2023 ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ފޯމިއުލާ!
އެމްޑީޕީން އިޚުތިޔާރުކުރީ 2023 ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ފޯމިއުލާ!
ލިޔުން:
އެމް.ޑީ.ޕީ އަކީ އަބަދުވެސް ޕާޓީ އެތެރޭގެ އިންތިހާބުތަކުގައި ވާދަވެރިކަންބޮޑު ޕާޓީއެކެވެ. އެކަމަކު އެވާދަވަރިކަން އޮންނަނީ އޮންނަނީ އެ އިންތިހާބެއްގެ ނަތީޖާ ސާފުވުމާ ހަމައަށެވެ.
އެމްޑީޕީގެ ގެ ތާރީހުގައިވެސް އެއްމެ ވާދަވެރިކަންބޮޑު ޕްރައިމަރީގައި މިފަހަރު ކުރިމަތިލެއްވި ދެ ކެނޑިޑޭޓުންވެސް ގެންދެވީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެކިކަހަލަ ޝިޔާރުތައް ފާޅުކުރައްވަމުންނެވެ. ދެ ކެނޑިޑޭޓުންގެ ކެމްޕެއިން ޝިޔާރު ވެސް ވެފައިވަނީ އެމް.ޑީ.ޕީ މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ފުންކޮށް މިފަހަރުގެ އިންތިހާބުގައި ވިސްނަންޖެހުނު ކަމަކަށްކަން އެ ޕާޓީގެ މެމްބަރުން ގެންދިޔައީ ބުނަމުންނެވެ އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޝިޔާރު "ފިކުރެއްގެ ދިރުން" މިއީ އެމަނިކުފާނުގެ މުޅި ކެމްޕެއިންގެ އަމާޒު އެކަމެއްގެ މައްޗަށް ބިނާކޮށްފައިވާ ޝިއާރެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިހާ ތަފާތުކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތުގެ ވާހަކަފުޅު ނަޝީދު ދައްކަވާފައިވަނީ ވަރަށްމަދުންކަން ފާހަގަކުރެވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ އަމާޒަކަށް ބޮޑަށް ހެއްދެވީ އެމްޑީޕީ ގެ "އެމްޑީޕީ ވަންތަކަން" ނުވަތަ "އަސްލު އެމްޑީޕީ ފިކުރު" ދިރުވަންޖެހޭ ކަމަށް ޕާޓީ މެންބަރުންނަށް ވިސްނައިދެއްވުމެވެ.
ރައީސް ސާލިޙްގެ ކެމްޕެއިން ޝިޔާރަކީ "އެމް.ޑީ.ޕީ ކުރިއަށް" މި އެވެ. ކެމްޕެއިން ރެލީތަކުގައްޔާއި ޖަލްސާތަކުގައި އެމަނިކުފާނު މެންބަރުންނަށް ވިސްނައިދެއްވުމަށް އެމަނިކުފާނު މަސައްކަތްކުރެއްވީ އެމްޑީޕީ އަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިއްމުކަމަށާއި 2023 ކާމިޔާބުކުރެވޭނީ، ފިކުރުވެސް ދިރުވޭނީ، އަދި އެމް.ޑީ.ޕީ ގެ ސިޔާސަތުތަންފީޒްކޮށް ހެޔޮވެރިމެއް ކޮށްދެވޭނީވެސް ގުޅިގެން ކުރެވޭ މަސައްކަތަކުންކަމެވެ. އެދިވަޑައިގެންނެވީ އެމްޑީޕީ މެންބަރުން އެކަމަށް ވިސްނައި އެގޮތުން އެމްޑީޕީ ވެރިކަން ކުރިއަށްދިއުމަށްޓަކައި އެމަނިކުފާނަށް ވޯޓްދެއްވުމަށެވެ.
މި ދެ ޝިއާރާ އެކު ދެބޭފުޅުން ކުރެއްވި ވާދަވެރި ކެމްޕޭނަށް ފަހު ބޮޑު ތަފާތަކުން ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބުކުރެއްވުމުން ލިބުނު މެސެޖް ސާފެވެ. އެެމްޑީޕީގެ އާއްމު މެމްބަރުން އެދެނީ މަގުމަތީގައި މުޒާހަރާކުރަން ތިބޭކަށް ނޫނެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް ފަސް އަހަރު ވެސް އެޕާޓީ ރާއްޖޭގެ ވެރިކަމުގައި އޮވެ، ތަރައްގީއާއި ކުރިއެރުން ގެނެސްދޭން މެމްބަރުން އެދޭ ކަމެވެ. ޕްރައިމަރީގެ ނަތީޖާ ބުނެދިނީ މިވާހަކަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
