
އެމްޑީޕީ ގެ ސިޔާސަތާއި، ވިސްނުމަކީ އާއްމު މެންބަރުން ބޭނުންވާގޮތްތަ؟ އަމްރު ބޭނުންވާގޮތްތަ؟
އެމްޑީޕީ ގެ ސިޔާސަތާއި، ވިސްނުމަކީ އާއްމު މެންބަރުން ބޭނުންވާގޮތްތަ؟ އަމްރު ބޭނުންވާގޮތްތަ؟
ލިޔުން:
އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ވުޖޫދުވުމުގެ ކުރިންވެސް، އެ ސިޔާސަތުތަކާއި ފިކުރަކީ ޅައުމުރުންސުރެ ފަރިތަ، ސާފުކޮށް ފަހުމްވެފައިވާ، ފުރިހަމައަށް ގަބޫލުކުރި ސިޔާސަތާއި ފިކުރެއް ކަމަށް ދާދިފަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ލިމިޓެޑް (އެސް.ޓީ.އޯ) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކަމުން ވަކިކޮށްފައިވާ ހުސައިން އަމްރު ދަންނަވައިފިއެވެ. މި ގޮތަށް އަމްރު ދަންނަވާފައިވަނީ އަމްރުގެ ޓްވީޓާރ އެކައުންޓުން ޓްވީޓްކޮށްފައިވާ 3 ސްފްހާގެ ބަޔާނެއްގައެވެ. އަދި އެމްޑީޕީގެ އާއްމު މެންބަރުންގެ ބޮޑު ނިންމުން ކަމުނޮގޮސްގެން މިވަގުތު އެމްޑީޕީއާއި ދެކޮޅަށް މަސްއަކަތްކުރައްވާ އަމްރުގެ ބަޔާނުގައި އިތުރަށް ދަންނަވާފައިވަނީ އެމްޑީޕީ ގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ބޭފުޅާ ކުރާނެކަމެއްނޫންކަމަށާއި، އެމްޑީޕީއިން ދެކޭ ތަސައްވަރާ އެއްގޮތައް ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރަމުންދާ މަސައްތުގައި އެ ބޭފުޅާ ދެމިހުންނާނެކަމަށެވެ.
https://twitter.com/HusenAmr/status/1645849761361326080?s=20
އަމްރުގެ ޓްވީޓްގައި އެމޭރުމުން ބަޔާން ކޮށްފައިވީނަމަވެސް މިވަގުތު އަމްރު މަސައްކަތްކުރަނީ އެމްޑީޕީ އާއި އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ރިޔާސީ އިންތިޙާބަށް ކެނޑިޑޭޓެއް ނެރުމަށެވެ. އަމްރުގެ ޓްވީޓަށް ރައްދު ދެއްވައި ގިނަ ފަރާތްތަކަކުން ފާހަގަކޮށްފައިވަނީ އެމްޑީޕީގެ އަބަދުވެސް ވިންނުމާއި، ސިޔާސަތަކީ އެޕާޓީގެ އާއްމު މެންބަރުންގެ ފަރާތުން އަންނަ ވިސްނުމާއި، ސިޔާސަތު ކަމަަށެވެ. އަދި އަމްރު ބޭނުންނުވާގޮތައް ރާއްޖޭގެ އެއްމެ ބޮޑު ޕާޓީގެ އާއްމު މެންބަރުންގެ އަގްލަބީޔަތު ބޭނުންވާންޖެހޭނެކަމަށް އަމްރު ދެކުމަކީ މިހާތަނަށް އެއްޑީޕީ އިން ދަސްކޮށްދިންދިން ޑިމޮކްރަސީ އަމްރުއަށް ގަބޫލުކުރެވިފައި ނެތްކަމުގެ ދަލީލެއްކަމަށެވެ.
އަދި އެމްޑީޕީ ގެ ސިޔާސަތާއި، ވިސްނުމަކީ އާއްމު މެންބަރުން ބޭނުންވާގޮތްތޯ ނުވަތަ އަމްރު ބޭނުންވާގޮތްތޯ ވަނީ ސްވާލުކޮށްފައެވެ؟
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
