މާލެ: 31°C

އެމްޑީޕީގެ ސަރުކާރެއްގައި ހިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް: ރައީސް ނަޝީދު

އެމްޑީޕީގެ ސަރުކާރެއްގައި ހިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް: ރައީސް ނަޝީދު
July 5, 2023
2 ފަހަރު ބަލާފައި
އެމްޑީޕީގެ ސަރުކާރެއްގައި ހިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް: ރައީސް ނަޝީދު
އެމްޑީޕީގެ ސަރުކާރެއްގައި ހިޔާނާތްތައް އޮއްބާލުމަކީ ލަދުވެތިކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އާރުޑީސީގެ 13 މިލިއަން ރުފިޔާގެ ހިޔާނާތްތުގެ މައްސަލައަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ދިވެހި ފުލުހުންނާއި، ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ދައުރުގައި ވަރަށް ފާހަގަވާ ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ ކަމެއްކަމަށާއި، މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއެ ކަމަށެވެ. https://twitter.com/mohamednasheed/status/1676473757932855297?s=46&t=W-Ms7MNeLsesbV_No22wYA އާރުޑީސީގެ ހިޔާނާތްތުގެ މައްސަލާގައި ތުހުމަތު ކުރެވެނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަނާއެވެ. އަދި އެކަމުގައި އެ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)ގެ ބައިވެރިވުމެއް ވާކަމަށްވެސް މީސްމީޑިއާގައި ވަނީ އަޑުތަށް ފެތުރިފައިވެއެވެ.

ނަމަވެސް އެ ތުހުމަތުތަށް ދޮގުކުރައްވައި މޫކޭ ވަނީ ޓުވީޓެއް ކޮށްފައެވެ.

އެގޮތުން  ޓްވީޓުގައި މޫކޭ ވިދާޅުވީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ.

"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމު ވެސް. ކުރު ވާހަކަ ލިޔާ އިރު ވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،" މޫކޭ ވިދާޅުވިއެވެ.

މި މައްސަލާގައި ފުލުހުން ބުނީ، އާރްޑީސީއާ ގުޅޭ މައްސަލައެއް އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭތަފްސީލް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ