
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ލިޔުން:
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުަގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން އެޕާޓީން މިއަދު ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނާ އެކު ޝަކުވާ ހުށަހަޅާ ފޯމާއި ޝަކުވާ ބަލާ ކޮމިޓީގެ މެމްބަރުންގެ ނަންތައް ވެސް އާއްމުކުރި އެވެ. އެ އިލާނުގައިވާ ގޮތުން ޕްރައިމަރީއާ ފުޅޭ ޝަކުވާ ބަލާ ކޮމިޓީގައި ތިއްބަވާނީ އަހުމަދު އަބްދުﷲ އަފީފާއި އަފްޝަން ލަތީފު އަދި މުހައްމަދު ހާޝިމެވެ. އެމްޑީޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލަން ކުރިން ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާތައް ހުށަހަޅަން މިއަދު ހުޅުވައިލި އިރު އެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވޯޓުލެވޭ މީހުންގެ ލިސްޓާ މެދު ޝަކުވާ ކުރައްވަމުންނެވެ. އެމަނިކުފާނާއި އަރިސް ބޭފުޅުން ވެސް ތުހުމަތުކުރައްވާ ގޮތުގައި ކުރިއްސުރެ އެޕާޓީގައި ތިބި 39،000 މީހަކު އެޕާޓީން ވަނީ ވަކޮށްފަ އެވެ.
އެކަމަކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހޯމަ ދުވަހުގެރޭ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެޕާޓީގެ ދަފުތަރާއި ޕާޓީގެ ދަފުތަރު އެއްގޮތް ކުރި އިރު ވަކިވި ގިނަ މީހުންނަކީ އެހެން ޕާޓީތަކުގެ މީހުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
