މާލެ: 31°C
އެމްޑީޕީގެ ރައީސް، ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

އެމްޑީޕީގެ ރައީސް، ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

April 24, 2024
3 ފަހަރު ބަލާފައި
އެމްޑީޕީގެ ރައީސް، ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ. ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި ޝާހިދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ގަވައިދުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވަމުން ގެންދެވިއެވެ. https://twitter.com/abdulla_shahid/status/1782961684447182872 ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. މޫސާ ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާއާއި އާމިނަތު ޝާހިދާއެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ހަގު ދެ ބޭފުޅުން ވަނީ ދުނިޔެ ދޫކުރައްވައިފައެވެ. ރާއްޖޭގައި ކުރިން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ބޭފުޅާއަކީ ޖަމީލް ދީދީއެވެ. ދޮންބަންޑާރައިންނަކީ ޖަމީލުދީދީގެ ފަސް ވަނަ ކާފާފުޅެވެ. މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ