އެމްޑީޕީ ޕްރައިމަރީ: ޝަކުވާއާއި ހަމަނުޖެހުމުން ފުރިފައި!

އެމްޑީޕީ ޕްރައިމަރީ: ޝަކުވާއާއި ހަމަނުޖެހުމުން ފުރިފައި!
ލިޔުން:
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދާ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާތައް ގިނަވެ، ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތާ މެދު އެންމެ ބޮޑެތި ތުހުމަތުތައް ކޮށް ވޯޓުލާ މަރުކަަޒުތަކުގާއި ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން ގެންދަނީ މި ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުަހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުންނެވެ. އެ ޓީމުން އެންމެ ފުރަތަމަ އުފުލި އެއް ޝަކުވާ އަކީ ވޯޓުލާ ލިސްޓްގައި ނަން ނެތް ފަރާތްތަކުން ވޯޓުލީ ކަމަށް ބުނެ ކުރި ޝަކުވާ ތަކެކެވެ.
ވޯޓުލާމީހުންގެ ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ އެންމެ ފުރަތަމަ އުފެދުނީ ގއ. ވިލިނގިލީ މީހުން ވޯޓުލާން ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ފޮށީގަ އެވެ. ލިސްޓްގައި ނަން ނެތް މީހަކު އެފޮށްޓަށް ވޯޓުލީ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ އޮފިޝަލުން އެއްބަސްވެވަޑައިގެންނެވި އެވެ. އެ މައްސަލަ ހައްލުކޮށް އެފޮށްޓަށް ވޯޓުލުން މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ.
[embed]https://minivan.mv/79137/[/embed]
ވޯޓުލާ އެކި މަރުކަޒުތަކުގައި އޭގެ ފަހުން ޒުވާބު އުފެދި، ބައެއް މަރުކަޒުތަކުގައި ވޯޓުލުން ހުއްޓައިލަން ވެސް ޖެހުނެވެ. އެފަދަ ފުރަތަމަ ހަމަނުޖެހުން ހިނގީ ގދ. ގައްދޫގަ އެވެ. އެރަށުގެ ވޯޓުލާ މަރުކަޒުގައި އުފެދުނު ހަމަނުޖެހުމުގައި ވޯޓުކަރުދާސް ވީދުމާއި މޭޒުތައް އުކައިލުން ފަދަ ކަންތައްތައް ހިނގި އެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ނަޝީދުގެ މަންދޫބުންނަަށް ހުރަސް އަޅާ ކަމުގެ ތުހުމަތުތައް ވެސް އެމަނިކުފާނުގެ ޓީމުން ގެންދަނީ ކުރަމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ތުހުމަތުކުރެއްވި ގޮތުގައި ގދ. ރަތަފަންދޫގައި ނަޝީދުގެ ފަރާތްޕުޅުން ހަރަކާތްތެެެރިވި ދެ އޮބްޒާވަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ ކިހިނެތް ހިނގައި ދިޔަ ކަމެއްކަން އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ވޯޓުލުމުގެ ކުރިން ރައީސް ސޯލިހުގެ މަންދޫބުންނަށް ބައެއް މީހުންގެ ވޯޓުކަރުދާސް ދައްކާ ކަމަށް ވެސް ނަޝީދުގެ ޓީމުން ގެންދަނީ ތުހުމަތުކުރަމުންނެވެ.
އެފަދަ އެތައް ތުހުމަތަކާ އެކު އެމްޑީީޕީގެ މި ޕްރައިމަރީ އަކީ މައްސަލަ ބޮޑު އިންތިހާބަކަށް ވިޔަސް އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ ޕްރައިމަރީގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
