"ތި ބޭފުޅުން ވިސްނަވަން ވާނެ އޭގެ މަގުސަދަކީ ކޮބައިކަން. އެބޭފުޅުން އެކުރައްވަނީ ކޮންކަމެއް ކަން. ސާފުކޮށް އެެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވެން އޮތްކަން އެނގޭތީ އެކަމަށް ހުރަސް އެޅެން އޮތް ކަންތައްތައް އެބޭފުޅުން އެެކުރައްވަނީ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް ، އެބޭފުޅުންނަށް ވާދަކޮށްލެވެން އޮތީ ވެސް މީގެ ތެރެއަށް ވަދެ މި ގަޑުބަޑުކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ މިތިބީ،" ރައީސް ވިދާޅުވި އެވެ.އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ފަރާތްތަކުން ކުރާ މަސައްކަތް ބައެއް ރަށްރަށުން މިހާރު ފެންނަމުން އެބަދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތްކުރެއްވީ އެމަނިކުފާނުގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ދާދި ފަހުން ތުޅާދުއަށް ކުރެއްވި ދަތުރުގައި ހިނގި ކަންތަކަށެވެ. ހިސާން ތުޅާދުއަށް ވަޑައިގެންނެވުމުން ބަޔަކު އޭނާއާ ދިމާކޮށް އަޑުގަދަކުރި އެވެ. ފުރަތަމަ އަޑު ފެތުރުނު ގޮތުގައި ހިސާންއާ "ދިމާކޮށްލި މީހުންގެ ތެރޭގައި ކުރީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ހިސާން ފަހުން ވިދާޅުވެފައިވާ ގޮތުގައި އެމީހުންގެ ތެރޭގައި އެމްޑީޕީ މެމްބަރުންނެެއް ނުހިމެނެ އެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި މި ޕްރައިމަރީގައި ވެސް ދައްކަމުން އަންނަނީ ޑިމޮކްރެޓިކް ނަމޫނާއެއް ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށާއި މިހައިތަނަށް ވެސް އެކަން ކޮށްފައި އޮތީ އެގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ނަމޫނާ ދައްކަމުން މިގެންދަނީ. މި ޕްރައިމަރީ ވެސް ވެގެންދާނެ، ރާއްޖެއަށް ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން ބަޔަކު މަސައްކަތްކުރަނީ ވެސް އެހެންވެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެ ކަމަށާއި އެއަށް ފަހު ރިޔާސީ އިންތިހާބު ވެސް ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. މާޅޮހަކީ އެމަނިކުފާނާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ގިނަ ރަށެއް ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓަށް (ރައީަސް ނަޝީދަށް) ދޭންވާ ގަދަރާއި އިހުތިރާމާ ލޯބި އެރަށުން ދޭންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ބަޔަކު އުޅޭކަމަށް ރައީސް ތުހުމަތުކުރައްވައިފި

އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ބަޔަކު އުޅޭކަމަށް ރައީސް ތުހުމަތުކުރައްވައިފި
ލިޔުން:
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ބަޔަކު މަސައްކަތްކުރާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތުހުމަތުކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި އއ. މާޅޮހުގައި މިއަދު ބޭއްވެވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީ އަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް ކެމްޕޭނުގެ މިހާ ހިސާބަށް އައި އައިރު "އެހެން ކުލައްތައް" ޖެހެން ފަށާފައިވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެކަމާ ވިސަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
