މާލެ: 31°C
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

May 27, 2024
2 ފަހަރު ބަލާފައި
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް
އިނދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް އިންތިހާބުވެފައިވާ މެންބަރުތައް އިއުލާން ކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދަށް ހަމަވުމާ އެކު، އެމްޑީޕީން ވަނީ މުއްދަތު ހަމަވީއިރު ޕާލިމަންޓަރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލި މެމްބަރުންނާއި ހޮވުނު މެމްބަރުން އިއުލާނުކޮށްފައެވެ.

  • ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
  • ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
  • ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
  • ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  • ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  • ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ވެފައިވަނީ 12 ގޮޑި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ