އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ޅ. ނައިފަރަށް ވަޑައިގެންފިއެވެ.
ނައިފަރަށް ފުރާވަޑައިގަންނަވަމުން ޝާހިދު އެކްސްގައި ވިދާޅުވީ އެ ދަތުރުގައި ނައިފަރުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކޮށް، ޕާޓީގެ ޙަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ އެ ދަތުރުގައި އެމްޑީޕީގެ އިސް 10 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ދަތުރުުގެ ތެރެއިން މާހެފުމެއްގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެ އެވެ.
އެމްޑީޕީގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ވަނީ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރުކުރުކޮށްފަ އެވެ.
އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ދެކޮޅަށް އެމްޑީޕީން މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ރޭ ވަނީ ބޮޑު ހިނގާލުމެއް ވެސް ބާއްވައިފަ އެވެ.
އެމްޑީޕީން ކުރިން ބުނެފައިވާ ގޮތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ދެކޮޅަށް މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގާނެ ކަމަށެވެ.







