މާލެ: 31°C
އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށްފި

އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށްފި

January 28, 2024
3 ފަހަރު ބަލާފައި
އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށްފި
ރޯދަމަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވާ 41 ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު، އެ ޕާޓީން ވަނީ ޕްރައިމަރީއަކައި ނުލާ 46 ދާއިރާއަކުން ޓިކެޓް ކަށަވަރުކޮށްފައިވާ ކަން މީގެ ކުރިން ހާމަކޮށްފައެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމެރީ ބާއްވަން ހަމަޖެހިފަވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. https://twitter.com/MDPSecretariat/status/1751234317140008970 އިއްޔެ ޕީއެންސީ/ޕީޕީއެމްގެ ޕްރައިމަރީ ބާއްވާފައިވާއިރު، ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ޓިކެޓް ކަށަބވަރުކޮށްފައެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ގައެވެ. އެގޮތުން މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަން ކޮމޮޝަން (އީސީ) އިން ވަނީ މާދަމާ ފުރުސަތު ހުޅުވާލާ ގޮތަށް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ