
އެމްޑީޕީގެ ކެނޑިޑޭޓުންނާ ދިމާކުރުން އިތުރުވެއްޖެ: ފައްޔާޒް
އެމްޑީޕީގެ ކެނޑިޑޭޓުންނާ ދިމާކުރުން އިތުރުވެއްޖެ: ފައްޔާޒް
ލިޔުން:
އެމްޑީޕީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައި ތިބި ކެނޑިޑޭޓުންނަށް އަމާޒުކޮށް މި ފަހަކަށް އައިސް ހިންގާ ހަމަނުޖެހުންތައް އިތުރުވެފައިވާކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވެވި ފައްޔާޒް ވިދާޅުވީ މި ފަހަކަށް އައިސް އެމްޑީޕީގެ ކެނޑިޑޭޓުންނާއި ދިމާކޮށް ހިންގާ ހަމަނުޖެހުންތައް އިތުރުވެފައިވާއިރު، މިއީ ނިހާޔަތަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިއީ 2018 ވަނަ އަހަރު އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައި އަދި މިއަދުގެ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން މީގެ ކުރިން ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ބިރުދެއްކުމަށް ހިންގި އަމަލުތަކެއް ފެށުމުގެ ކޮޅުމަތިކަމަށެވެ. ފައްޔާޒް ވިދާޅުވީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް އަމާޒުކޮށް ބިރުދެއްކުމުގެ އެތައް އަމަލުތަކެއް ހިންގާފައިވާކަމަށެވެ.
https://twitter.com/faya_i/status/1771851149110583305
މިގޮތުން ގއ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ ރައީސް މުހައްމަދު ރައޫފަށް ފުރައްސާރަކޮށް ބިރުދައްކާފައިވާއިރު، ފ.ބިލެތްދޫ ދާއިރާއަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު ދޮންބިލެތްއަހުމަދު ހަލީމަށް ހަމަލާދީފައިވާކަން ފައްޔާޡް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ގއ ކޮލަމާފުށީގައި ހުންނަ އެމްޑީޕީގެ ކެމްޕެއިން ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއްދީފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޡް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމްޑީޕީއަށާއި، އެޕާޓީގެ މެމްބަރުންތައް ދުއްތުރާކޮށް ދަތިކުރަމުންދާކަމަށެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އެއްވެސް ސަބަބަކާނުލައި ވަޒީފާއިންވެސް ވަކިކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރުން ފޯރިއާއެކު ކުރިއަށްދާއިރު، ބައެއް ހިސާބުތަކުގައި ހަމަނުޖެހުންތައް ހިނގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 386 ކެނޑިޑޭޓުން ވާދަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
