
އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގެ ދަތުރުތައް ފަށައިފި
އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގެ ދަތުރުތައް ފަށައިފި
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގައި އެމްޑީޕީން އަތޮޅުތަކަށް ކުރާ ދަތުރުތައް ފަށައިފި އެވެ.
އެމްޑީޕީން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި މިއަދު ކާށިދުއާއި ގާފަރަށް ދިޔަ ޓީމުގައި އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެހެނިހެން ހަރަކާތްތެރިން ހިމިނިވަޑައިގަންނަވަ އެވެ. ކާށިދުއާއި ގާފަރަށް ދިޔަ ޓީމުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވެސް ކާށިދުއާއި ގާފަރަށް ދިޔަ އެމްޑީޕީގެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަން އެޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެހެން ނަމަވެސް އެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވައި ވަކިން މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަނެއްގައި މަސައްކަތް ކުރަން މިހައިތަނަށް އެއްބަސްވެފައި ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އިންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
