
އެމްޑީޕީގެ ކެމްޕޭން ޓީމެއް އަރިއަތޮޅަށް
އެމްޑީޕީގެ ކެމްޕޭން ޓީމެއް އަރިއަތޮޅަށް
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގައި ދޮރުން ދޮރަށް ހިނގުމަށް ޓަަކައި އެމްޑީޕީގެ ކެމްޕޭން ޓީމުތައް މިއަދު އަރިއަތޮޅަށް ހިނގައްޖެ އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އއ. އުކުޅަހަށާއި އެއަތޮޅު ރަސްދުއަށް މިއަދު ޒިޔާރަތްކުރި ޓީމުގައި ރައްޔިތުންގެ މަޖިލީހުގެ އެޕާޓީއަށް ނިސްބަތްވާ މެމްބަރުންނާއި އެހެނިހެން ހަރަކާތްތެރިން ހިމެނެ އެވެ. އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމު ހިމެނިވަޑައިގަންނަވަ އެވެ.
[embed]https://twitter.com/MDPSecretariat/status/1642108416025047041?s=20[/embed]
އެމްޑީޕީގެ ޓީމުން އުކުޅަހަށް ކުރި ދަތުރުގައި އެރަށުގެ އެމްޑީޕީ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބޭއްވި އެވެ. ބެލެވޭ ގޮތުގައި ރަސްދޫގައި ވެސް އެ ޓީމުން އެފަދަ ބައްދަލުވުމެއް ބާއްވާނެ އެވެ.
[embed]https://twitter.com/MDPSecretariat/status/1642118456010235904?s=20[/embed]
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވާ އިރު މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ސީދާ ގޮތެއްގައި އަދި ފެށީ އެމްޑީޕީން އެކަންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
