އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ދޮރުން ދޮރަށް މިއަދު ފަށައިފި

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ދޮރުން ދޮރަށް މިއަދު ފަށައިފި
ލިޔުން:
އަންނަ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދޮރުން ދޮރަށް މިއަދު ފަށައިފި އެވެ.
އެމްޑީޕީއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް މާލޭގޭ ކެމްޕެއިން ޓީމުން މާފަންނު މެދުދާއިރާގެ ދޮރުން ދޮރަށް ހަރަކާތް މިއަދު ކުރިއަށްދާނެކަމަށެވެ.
މިހަރަކާތް ފަށާފައިވަނީ ހަވީރު 3:45 ގައި، ދަނޑިކޮށި ޖަގަހައިންނެވެ.
https://twitter.com/MDPSecretariat/status/1677059394570436610?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1677059394570436610%7Ctwgr%5E6334739a8d0fdd4bcc9755af85cfa37ca592047f%7Ctwcon%5Es1_&ref_url=https%3A%2F%2Fdhen.mv%2F189424
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބަށް، ވާދަ ކުރުމަށް ޕާޓިތަކުން ވަނީ ކެމްޕެއިން ފަޝާފައެވެ.
ރައީސް ސޯލިހު ވަނީ އެމްޑީޕީ ޕްރައިމަރީ އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރައްވައި ބޮޑުތަފާތަކުން ކުރިހޯއްދަވާ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައެވެ.
މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވީނަމަވެސް ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުހަމަ ނުވުމުގެ ސަބަބުން އެ ފުރުސަތެއް އަދި ނެތެވެ. ނަމަވެސް ޕީޕީއެމް އިން ވެސް ވަނީ ރައީސް ޔާމީންގެ ކެމްޕެއިން ކުރިޔަށް ގެންދަން ފަށާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
