މާލެ: 31°C
އެމްޑީޕީގެ 'ބޯއިކޮޓް' އާ ހިލާފުވެ ޖާބިރު ޖަލްސާގައި

އެމްޑީޕީގެ 'ބޯއިކޮޓް' އާ ހިލާފުވެ ޖާބިރު ޖަލްސާގައި

February 5, 2024
3 ފަހަރު ބަލާފައި
އެމްޑީޕީގެ 'ބޯއިކޮޓް' އާ ހިލާފުވެ ޖާބިރު ޖަލްސާގައި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި، ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވި މިއަދުގެ މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވެވަޑައިގެން އެމްޑީޕީގެ ދެ މެމްބަރަކު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި އެވެ.

ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ނިންމާފައިވާކަން ރަސްމީކޮށް އަނަގާފައިވާކަމަށް ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީއިން ޖަލްސާ ބޯއިކޮޓް ކުރީ، މިއަދު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނުހެދުމާއ ވަޒީރުންނަށް ރުހުން ދޭން ޖަލްސާ އޮތް ދުވަހު ސަރުކާރުގެ އިސް ބައެއް ވެރިންނާއި ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގާފައިވާތީ ކަމަށް އެޕާޓިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މި ނިންމުމާ ހިލާފުވެވަޑައިގެން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ދެ މެމްބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރަކީ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވައި އިންތިހާބުވެވަޑައިގެން، ހުންނެވުމަށް ފަހު ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މެމްބަރެކެވެ. އޭނާ ވަނީ އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހަބަށް ވާދަކުރެއްވުމަށް، އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްވާ ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވައިފަ އެވެ.

އެއާ ހިލާފަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި ޖަމްޝީދު މަޖިލީހުގެ އިންތިހާބުގައި މިފަހަރު ވާދަނުކުރައްވަން ނިންމަވާފައިވާކަމަށް ވަނީ އެނގިފައެވެ.

މިއަދުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާއަަށް ހާޒިރުވެ ވަޑައިގެންނެވީ 24 މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ