
އެމްޑީޕީގެ އަތޮޅުތެރޭގެ ކެމްޕެއިން ޓީމްތަކާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި
އެމްޑީޕީގެ އަތޮޅުތެރޭގެ ކެމްޕެއިން ޓީމްތަކާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވައިފި
ލިޔުން:
އަންނަ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމަށް ހަރަކާތްތެރިވާ އަތޮޅުތެރޭގެ އެމްޑީޕީގެ ކެމްޕޭން ޓީމްތަކާއި ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ބައްދަލު ވުމެކެވެ.
މި ބައަދަލުވުމުގައި މިނިސްޓާރ ޝާހިދު ވަނީ ހދ. ދިއްދޫ ދާއިރާ އާއި ހދ. ނޮޅިވަރަމް އާއި، ހދ. ވައިކަރަދޫއާއި، ހއ. ބާރަށު ދާއިރާއާއި، ށ. ކަނޑިތީމާއި، މީގެ އިތުރުން ށ. ފޮނަދޫ ގެ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ވުން އޮތީ އެމްޑީޕީގެ މައި އޮފީހުގައެވެ.
އަދި މި ޓީމްތަކާއިއެކު މިނިސްޓަރ ޝާހިދު ވަނީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
https://twitter.com/MDPSecretariat/status/1664900837011750913
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ އިންތިހާބަށް، ވާދަ ކުރުމަށް ޕާޓިތަކުން ވަނީ ކެމްޕެއިން ފަޝާފައެވެ.
މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހައާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވީނަމަވެސް ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުހަމަ ނުވުމުގެ ސަބަބުން އެ ފުރުސަތެއް އަދި ނެތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
