މާލެ: 31°C
އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް މޭޔަރު އާޒިމް ވާދަކުރައްވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް މޭޔަރު އާޒިމް ވާދަކުރައްވަނީ

July 2, 2024
3 ފަހަރު ބަލާފައި
އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް މޭޔަރު އާޒިމް ވާދަކުރައްވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އާޒިމް މި ގޮތަށް ނިންމާފައިވާ ކަމަށް އިއުލާނު ކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައިއެވެ. އާޒިމް ވިދާޅުވީ، ބައި އިލެކްޝަނުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމެވީ، އެކުވެރި ބަދަހި ސަފުތަކެށް ރާވާ ހިންގުމުގެ އަޒުމާއެކު ކަމަށާއި، ތަރުތީބު ކުރުމުގެ ގާބިލުކަން ހުރީތީ ކަމަށެވެ. އަދި ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވިއެވެ. އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސަކަށް އާދަމް އާޒިމް ކުރިމަތިލެއްވުމަށް ނިންމެވިއިރު، މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހުވެސް ވަނީ މާލޭ ދާއިރާގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނޭކަން އިއުލާނު ކުރައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ 20 ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހު ދެވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ