އެމްޑީޕީ އޭރު ސަކަރާތްވީ އެޕާޓީގައި އުޅޭ "މީހާ"ގެ ސަބަބުން، މިއަދު އެމްޑީޕީގެ މޫނުމަތި ބަދަލުވެއްޖެ: ޝިޔާމް

އެމްޑީޕީ އޭރު ސަކަރާތްވީ އެޕާޓީގައި އުޅޭ "މީހާ"ގެ ސަބަބުން، މިއަދު އެމްޑީޕީގެ މޫނުމަތި ބަދަލުވެއްޖެ: ޝިޔާމް
ލިޔުން:
އޭރު އެމްޑީޕީ ސަކަރާތްވީ އެ ޕާޓީގައި އުޅޭ "މީހާ"ގެ ސަބަބުން ކަަމަށާއި، މިއަދު އެމްޑީޕީގެ މޫނުމަތި ބަދަލުވެފައިވާ ކަަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ސިޔާމް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިއަދު އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ، ފާއިތުވި 17 އަހަރު އެމްޑީއޭ އޮތީ އެމްޑީޕީއާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭރު އެމްޑީޕީގެ މޫނުމަތީގައި ހުރި މީހާގެ ސަބަބުން ކަމަށެވެ. ޝިޔާމް އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދަށެވެ. ޝިޔާމްގެ ވާހަކައިގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.
"މިއަދު އެހެރީ އެމްޑީޕީގެ މޫނުމަތި މުޅިން ބަދަލުވެފައި. މިޙާރު އެހެރީ ދީނަށް ފުރައްސާރަ ނުކުރާ މީހެއް. އަޅުގަނޑު އެއްސެވިން ރައީސް އަރިހުގައި އިސްލާމް ދީނުގެ ސިޔާސަތު އޮތީ ކިހިނެއްތޯ. ވިދާޅުވީ ތިމަންނަ ހަމަ ދީނީ އިލްމުވެރިން ބުނާ ގޮތަށް ހަމަ އޭގެ ފުރިހަމައަށް ދީފައޭ އޮތީ. މިހާރުވެސް ސަރުކާރުގައި ދީނީ ހުރިހާކަމެއް ނިންމަނީ ދީނީ އިލްމުވެރިންނޭ" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހުއަކީ ދީނީ ކަންތަކަށް ފަރުވާތެރި ވަރަށް އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ނަމާދު ކޮށް ރޯދަ ހިއްޕަވާ ވެސް ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީގައި ވާހަކަ ދައްކާ ހަމައެކަނި ބޭފުޅަކަށް ހުންނާނީ އިބްރާހިމް މުހައްމަދު ސޯލިހު" ސިޔާމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
