އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް: އަމްރު

އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް: އަމްރު
ލިޔުން:
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ރައީސް ނަޝީދުގެ ފެކްޝަންގެ ގޮފިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.
އަމްރު ވިދާޅުވީ، މިހާރު އެމްޑީޕީއަކީ ސިޔާސީ ޕާޓީއެކޭ ބުނެވޭކަށް ނެތް ކަމަށާއި ފެންނަމުންދަނީ ނުބައި ނުލަފާ ކަންތައްތައް ކުރަމުންދާ ތަން ކަމަށެވެ.
"މިހާރު ފެންނަނީ ވަކި ބަޔަކަށް ތާއީދު ނުކުރާކަމަށް ވަނީވިއްޔާމު ވަޒީފާގެ ބިރުދެއްކުމާއި މިކަހަލަ ނުބައި ނުލަފާ ކޮށްގެން ނުވާނެ ހުރިހާކަމެއް ކުރަމުންދާތަން" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، ރައްޔިތުންނަށް ރީތި ދިރިއުޅުމެއް ހޯދާދިނުމަށް ބޭނުންވާ ހުރިހާކަމެއް މި ސަރުކާރަށް ލިބިފައި އޮވެމެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަތުން އެކި ގޮތްތަކަށް ފައިސާ ނެގުމަށްކަމަށެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމަވައި އަމްރު ވަނީ ޓްވީޓެއް ކުރަށްވާފައެވެ. އެ ޓްވީޓުގައި އަމްރު ވިދާޅުވީ، އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ މިހާރު ގެއްލިޖެ ކަމަށެވެ. ދެން ގެއްލޭނީ މެޖޯރިޓީ ކަމަށާއި އެއަށް ފަހު ގެއްލޭނީ ވެރިކަން ކަމުގައި ވަނީ ވިދާޅުވެފައެވެ.
https://twitter.com/HusenAmr/status/1658788331843620864?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658788331843620864%7Ctwgr%5E968be883e413f1993a2d00b75f818fb0c0c61931%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F875147%2F
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
