އެމްއާރުއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެ ޕާޓީން އެމްޑީޕީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންކަން އެ ޕާޓީގެ އެކްސްކޯގައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން ނިންމާފައިވާ ކަމަށެވެ.
"މި ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް" އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ.
[embed]https://twitter.com/MRM_Office/status/1684396759567540224[/embed] އެމްއާރްއެމް އިން ބުނީ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ނު ހެދުމަށް އެ ޕާޓީން ނިންމީ އެމްޑީޕީއިން ހުށަހެޅި ބައެއް ސިޔާސަތު ތަކަށް އެޕާޓީން އެއްބަސް ނުވާތީ ކަމަށެވެ. އެމްއާރްއެމް އިން މިގޮތަށް ނިންމި އިރު ސިޔާސީ ޕާޓިތަކަށް ގާނޫނުން ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމި ނިންމުން މިހާރު އޮތީ ކޯޓުގަ އެވެ.






