މާލެ: 31°C
އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްބަސްވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން

އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްބަސްވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން

January 28, 2024
3 ފަހަރު ބަލާފައި
އެމްޑީޕީއާއި ޑިމޮކްރެޓްސް އެއްބަސްވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދޭން އެއްބަސްވާ ވަޒީރުންގެ ތެރޭގައި ތިން ވަޒީރަކު ހިމެނިއްޖެ އެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ރުހުން ނުދިނުމަށް އެއްބަސްވެވޭ ވަޒީރުންގެ ތެރޭގައި ހިމެނެނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.

ދެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ވަކިން ނިންމުންތައް ނިންމައިގެން ރުހުން ނުދޭން ބޭނުންވާ އިތުރު ވަޒީރުންތަކެއް ވެސް އެބަތިއްބެވި އެވެ.
އެމްޑީޕީން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނެ އެވެ.
ޑިމޮކްރެޓުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި ސައީދު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެ އެވެ. ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމި އިތުރު ވަޒީރެއްގެ ގޮތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނެ އެވެ. ނަމަވެސް އެމްޑީޕީން ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓްގައި މޫސާ ޒަމީރު ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާގެ މެންދުރުފަހުގެ ދަންފަޅި މިއަދު މެންދުރުފަހު 1:30 ގައި ފެށުމަސް ހަމަޖެހިފައިވީނަމަވެސް، މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އަޑުގަދަކޮށް، ދޮރުތައް ތަޅުކައިގެން އުޅޭތީ، އަދިވެސް ޖަލްސާ ނުފެށެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ