މާލެ: 31°C
ލޯކަލް ކައިންސިލް އިންތިހާބުގެ ޕްރައިމަރީއާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން ހުޅުވާލައި ޓައިމްލައިން އާއްމުކޮށްފި

ލޯކަލް ކައިންސިލް އިންތިހާބުގެ ޕްރައިމަރީއާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން ހުޅުވާލައި ޓައިމްލައިން އާއްމުކޮށްފި

23 ޑިސެންބަރު 2025
284 ފަހަރު ބަލާފައި
އަންނަ އަހަރުގެ މާރިޗް މަހު ބާއްވާ ލޯކަލް ކައިންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިހާބުގެ ޕްރައިމަރީއާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައި ޓައިމްލައިން އާއްމުކޮށްފި އެވެ.

އެ ޕާޓީން ބުނެފައިވަނީ ލޯކަލް ކައުންސިލްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބް ޕްރައިމަރީ 2026 އާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 7219637 އަށް މެސެޖް ކުރައްވައިގެން ނުވަތަ Elections Complaint Form ފޯމް މެދުވެރިކޮށް 22 ޑިސެމްބަރ 2025 ގެ 9:00 އިން 17 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޏގަނޑު 00:00 އަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް މިހާރު ހަމެޖހިފައިވާ ކަމަށެވެ.

އަދި އެޕާޓީން ކުރިއަށްގެންދާ ޕްރައިމަރީ އިންތިހާބުގެ ޓައިމްލައިންގެ ގޮތުގައި ކަނޑައަޅާފައިވަނީ:

22 ޑިސެމްބަރު 2025، ހޯމަ - ޕްރައިމަރީ ދާއިރާތަކަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ލިސްޓު އާންމުކުރުން. (ލިސްޓަށް ސަކުވާ ހުށައެޅުން 24 ގަޑިއިރު)

24 ޑިސެމްބަރު 2025، ބުދަ - ޕްރައިމަރީ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާންމުކުރުން

25 ޑިސެމްބަރު 2025، ބުރާސްފަތި - ކެނޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން (19 ދުވަހުގެ މުއްދަތަށް)

25 ޑިސެމްބަރު 2025، ބުރާސްފަތި - 30 ނޮވެމްބަރު ގައި އާންމު ކުރެވުނު މެންބަރުންގެ ދަފްތަރަށް ސަކުވާ ހުށައެޅުމަށް ހުޅުވާލުން (3 ދުވަސްގެ މުއްދަތަށް)

25 ޑިސެމްބަރު 2025، ބުރާސްފަތި- ރީ-ރަޖިސްޓްރޭޝަންއަށް ފުރުޞަތު ހުޅުވާލުން - (11 ދުވަހުގެ މުއްދަތަށް)

27 ޑިސެމްބަރު 2025، ހޮނިހިރު - 30 ނޮވެމްބަރު ގައި އާންމު ކުރެވުނު މެންބަރުންގެ ދަފްތަރަށް ސަކުވާހުށަހެޅުމުގެ  ފަހުގެ ވަގުތު – ހަވީރު 4:00

03 ޖެނުއަރީ 2026، ހޮނިހިރު - ރީ-ރަޖިސްޓްރޭޝަންއަށް ހުށަހަޅާނެ ފަހުގެ ވަގުތު – ހަވީރު 4:00.

04 ޖެނުއަރީ 2026، އާދިއްތަ - ރީ-ރަޖިސްޓްރޭޝަންކުރި ފަރާތްތަކުގެ ލިސްޓު ޢާންމުކުރުން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު (3 ދުވަހުގެ މުއްދަތަށް)

07 ޖެނުއަރީ 2026، ބުދަ - ވޯޓުލާ މަރުކަޒު ބަދަލުކުރި ލިސްޓަށް ސަކުވާ ހުށައެޅުމުގެ ފަހުދުވަސް – ހަވީރު 4:00.

08 ޖެނުއަރީ 2026، ބުރާސްފަތި - ވޯޓަރުންގެ ދާއިމީ ލިސްޓު ޢާންމުކުރުން.

10 ޖެނުއަރީ 2026، ހޮނިހިރު - ކެނޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމުގެ ފަހުދުވަސް – ހަވީރު 4:00.

10 ޖެނުއަރީ 2026، ހޮނިހިރު - ވޯޓިންގ ސްޓޭޝަންތަކާއި ވަގުތު އިޢުލާން ކުރުން

16 ޖެނުއަރީ 2026، ހުކުރު - ވޯޓިންގ ދުވަސް، ވަގުތު: 14:30 އިން 20:00

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ.

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ