
އެމްޑީޕީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށްދަނީ
އެމްޑީޕީ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށްދަނީ
ލިޔުން:
ކުރިއަށް އޮތް ދައުރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ކުރިއަށްދާ މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވޯޓުލުން 5 ޖެހުމާ ހަމަޔަށް ކުރިއަށްދާނޭކަމަށް އެމްޑީޕީން ބުނެއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މަޖިލިސް ޕްރައިމަރީ އިންތިހާބުގައި މިފަހަރު މާލޭގައި 27 ވޯޓް ފޮށި ބެހެއްޓިފައިވާއިރު، އަތޮޅު ތެރޭގައި 95 ރަށެއް ގައި ވޯޓް ފޮށި ބަހައްޓާފައިވެއެވެ.
https://twitter.com/MDPSecretariat/status/1753644822676787209
މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ޕްރައިމަރީ ބާއްވަން ހަމަޖައްސާފައިވާނީ 40 ދާއިރާއަކަށެވެ. އެ ދާއިރާތަކަށް އެމްޑީޕީގެ ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 25،325 މީހުންނަށެވެ.
އެމްޑީޕީން މީގެ ކުރިންވަނީ އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ފުރަތަމަ 36 މެންބަރެއްގެ އިއުލާންކުރުމަށްފަހު އިތުރު 10 މެންބަރެއްގެ ނަން ވެސް ފަހުން ވަނީ އިއުލާންކޮށްފައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަމަހުގެ ފުރަތަމަ ހަފްތާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
