މާލެ: 31°C

މޭޔަރު މުއިއްޒަށް އަނެއްކާ ވެސް ނަހުލާގެ ތުހުމަތުތަކެއް!

March 3, 2023
2 ފަހަރު ބަލާފައި
މޭޔަރު މުއިއްޒަށް އަނެއްކާ ވެސް ނަހުލާގެ ތުހުމަތުތަކެއް!
މޭޔަރު މުއިއްޒަށް އަނެއްކާ ވެސް ނަހުލާގެ ތުހުމަތުތަކެއް!
މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަނެއްކާ ވެސް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފި އެވެ. މިއަދު ނެރުއްވި ބަޔާނެއްގައި ނަހުލާ ކުރެއްވި އެެއް ތުހުމަތީ މާލޭ ސިޓީކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެއާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ދެއްވަން އޭނާއަށް ފުރުސަތު ނުދީ ހުރަސް އެޅި ކަމުގެ ތުހުމަތެވެ. އޭނާ ވިދާޅުވީ ވާހަކަ ދައްކަވަން އެދިވަޑައިގެން، މަސައްކަތް ކުރެއްވުމުން ވެސް އެ ފުރުސަތު ނުދިން ކަމަށެވެ. "... ވާހަކަ ދެއްކުމުގެ ފުރުސަތަށް އެދި، ތެދުވެގެން ގޮސް މަސައްކަތް ކުރި މަންޒަރު ވެސް ރޭގައި އެންމެނަށް ފެންނާނެ އެވެ،" ބަޔާނުގައި ނަހުލާ ވިދާޅުވި އެވެ. ރޭގެ ބައްދަލުވުުމުގައި ވިލިމާލެ ދާއިރާގެ ބައެއް ކަންކަމާ ގުޅޭ ގޮތުން ރައްޔިތުން ކުރި ސުވާލުތަކަށް މުއިއްޒު ޖަވާބުދެއްވީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ވެސް ނަހުލާ ތުހުމަތުކުރެއްވި އެވެ. ވިލިމާލޭގައި "ޝީޝިއާ ރެސްޓޯރެންޓްގެ ނަމުގައި ހިންގާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަލުން ބިޑަށް ހުޅުވައި ނުލާ ކަމަށާއި އެކަން ނިންމީ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަނާޅައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ވިލިމާލޭން ރެޑްވޭވަށް ބިމެއް ކުއްޔަށް ދީފައިވާ ކަމަށާއި އެއީ ވެސް ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަނާޅައި ކޮށްފައިވާ ކަމެއް ކަމަށް ވެސް ނަހުލާ ތުހުމަތުކުރެއްވި އެވެ. ނަހުލާގެ އެ ބަޔާނަށް ސިޓީ ކައުންސިލުގެ ކޮމެންޓަކީ ކޮބައިތޯ އެކައުންސިލްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ "ބަޔާން ދިރާސާކުރުމަށް ފަހު ސިޓީކައުންސިލުން ރަސްމީކޮށް ޖަވާބެއް ދޭނެ" ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ