މާލެ: 31°C
މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާގެ މައްޗަށް ހަތަރު މިލިއަނުގެ ދަރަންޏެއް

މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާގެ މައްޗަށް ހަތަރު މިލިއަނުގެ ދަރަންޏެއް

January 2, 2024
2 ފަހަރު ބަލާފައި
މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާގެ މައްޗަށް ހަތަރު މިލިއަނުގެ ދަރަންޏެއް
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމުގެ ބައި އިލެކްޝަނަށް ކުރިމަތިލައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހަތަރު މިލިއަން ރުފިޔާގެ ދަރަންޏެއް ސާބިތުވެ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސިވިލް ކޯޓުގެ ގާޒީ ޒުލައިހާ ޝީޒާ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޒިމާ ނަންގަވާފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަވަމުން ނުދާ ކަމަށެވެ. އެމްއައިބީން ހުށަހެޅި މައްސަލައިގައި ކޯޓުން މިއަދު ހުކުމްކުރީ އެ ލޯނަށް އާޒިމާ ދައްކަންވަން ޖެހޭ 4.2 މިލިއަން ރުފިޔާ ދައްކަވާފާ ނުވާ ކަމަށް ސާބިތުވާ ކަމަށާއި އެހެންވެ، އެ ފައިސާ ކުރިއަށް އޮތް 6 މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށެވެ. އެ ފައިސާ ދައްކާ ނިމެންދެން އެއްބަސްވުމާ އެއްގޮތަށް އެ ފްލެޓު އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނީ ކަމަށް ވެސް އެ ހުކުމުގައި ކަނޑައަޅާފައިވެއެވެ. އެ ހުކުމް އާޒިމާގެ މައްޗަށް މިއަދު އިއްވާފައި ވަނީ އޭނާގެ ގައިރު ހާޒިރުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ