އާޒިމާގެ މެނިފެސްޓޯގައި ހުރި ބައެއް ކަންކަމުގެ ތެރޭގައި މާލެ އެންމެނަށް "ހުޅުވައިލުން" ހިމެނެއެވެ.
ޒުވާނުންނާއި، ފްރީލާންސަރުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމާއި، ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމުގެ އިތުރުން ސިވިލް ޑިފެންސްގެ އެކި ކަންކަން ތައާރަފްކުރުން ވެސް އާޒިމާގެ މެނިފެސްޓޯގައި ހިމެނެއެވެ.
އަދި މާލޭގެ ފެހިކަން އިތުރުކުރުމަށް ރާއްޖޭގައި ހެދޭ ހުރިހާ މާމެލާމެލީގެ ބަގީޗާއެއް ހެދުން ވެސް ހިމެނެއެވެ.
އޭގެ އިތުރުން އިސްރަށްވެެހިންނަށް ހާއްސަ މަރުކަޒުތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަންކަން ފަހިކޮށްދިނުމަށް ސަމާލުކަމެއް ދޭނެ ކަމަށް ވެސް އޮތެވެ.
އާޒިމާގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އާޒިމް އާއި ޑިމޮރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު ހިމެނެއެވެ. އަދި އަމިއްލަ ގޮތުން، ވާދަކުރައްވަ ކެންޑިޑޭޑުން ވެސް ހިމެނެއެވެ.






