މާލެ: 31°C
މޭޔަރުކަމަށް އިންތިހާބު ކޮށްދެއްވީތީ އާޒިމްގެ ޝުކުރު މާލެ ރައްޔިތުންނަށް

މޭޔަރުކަމަށް އިންތިހާބު ކޮށްދެއްވީތީ އާޒިމްގެ ޝުކުރު މާލެ ރައްޔިތުންނަށް

January 14, 2024
4 ފަހަރު ބަލާފައި
މޭޔަރުކަމަށް އިންތިހާބު ކޮށްދެއްވީތީ އާޒިމްގެ ޝުކުރު މާލެ ރައްޔިތުންނަށް
މާލޭގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަނުން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، މާލޭގެ ރައްޔިތުންނަށް ޝުކުރު ދަންނަވައިފިއެވެ. އާޒިމް "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވަނީ މާލެސިޓީގެ މޭޔަރު ކަމަށް އޭނާއަށް އިތުބާރު ކުރައްވައި، އިންތިހާބު ކޮށްދެއްވީތީ ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް ނެތި އޭނާ ވެގެންދާނީ އެންމެންގެ މޭޔަރަކަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. "މާލެ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލެއަށް ޒިޔާރަތްކުރާ ފަރާތްރަކަށް ފެހި ތަނަަސް މާލެ އެއް ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ" އާޒިމް ވިދާޅުވެފައިވެއެވެ. https://twitter.com/adamazim/status/1746415361564807437 އިއްޔެ ބޭއްވި މި ބައި އިލެކްޝަންގައި އާޒިމަށް ލިބިވަޑައިގެންފައިވަނީ 7،621 ވޯޓެވެ. އޭނާއާ އެންމެ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ބިލިވަޑައިގެންނެވީ 5،032 ވޯޓެވެ. މި އިންތިހާބު އާޒިމް ކާމިޔާބުކުރެއްވީ އާޒިމާއާ ދެމެދު 2،590 ވޯޓުގެ ތަފާތަކުންނެވެ. އޭގެ އިތުރުން، މި އިންތިހާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ނަތީޖާތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،336 ވޯޓު ލިބިވަޑައިގެންފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ބައި އިލެކްޝަންގައި ވާދަކުރެއްވި ހުސެއިން ވަހީދު އުޅުއްވަނީ ހަތަރު ވަނައިގައެވެ. އޭނާ އަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަދި ފަސް ވަނަ އަށް ދިޔަ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ އަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ