މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށައިފި އެވެ.
މާލޭގެ މޭޔަރާއި މާލެ ސިޓީ ކައުންސިލްގައި ހުސްވެފަައިވާ އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން ހޮވުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރަކު ހޮވުމުގެ ބައި-އިލެކްޝަންސްވެސް މިއަދު ކުރިއަށްދާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބުގައި ވޯޓުލާ ވަގުތުގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މިއަދު ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލާ ވަގުތު އިތުރު އެއްގަޑިއިރަށް ވަނީ އިތުރުކޮށްފަ އެވެ. މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މޫސުން ގޯސްވި ނަމަވެސް މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި މާލޭގެ ގިނަ ބަޔަކު ވޯޓުލާން ނިކުތުމަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ އެދިފަ އެވެ.







